Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

މިފްކޯއަށް މަސްކިރާ ދޯނިތަކަށް ކްރެޑިޓަށް އައިސް ދޫކުރަނީ

މިފްކޯއަށް މަސްކިރާ ދޯނިތަކަށް ކްރެޑިޓަށް އައިސް ދޫކުރަނީ

މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން މަސްކިރާ ދޯނިތަކަށް ކްރެޑިޓަށް އައިސް ދިނުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް (މިފްކޯ) އިން ނިންމައިފި އެވެ.

މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިފްކޯއިން މަސްކިރާ ކޮންމެ ދޯންޏަކަށްވެސް އެކި ފަހަރު މަތިން 10 ޓަނާ ހަމައަށް ކްރެޑިޓަށް އައިސް މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ނެގޭނެ ކަމަށެވެ.

"ކްރެޑިޓަށް އައިސް ވިއްކާ ދޯނި ފަހަރު މަސްކިރުމުން މިފްކޯއިން ބިލު ހަދާނީ، ކްރެޑިޓަށް އައިސް ގަތް ފައިސާ ބިލު އުނިކުރުމަށްފަހު" މިފްކޯއިން ބުންޏެވެ.

Advertisement
Allied — Dhen Online (box)

މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ މަސް ދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ މިދިޔަ ބުދަ ދުވަހުގައި ވަނީ ދޫކުރަން ނިންމާފަ އެވެ.

މި ދޭތެރެއިން މަސްވެރިކަން ވަރަށް ބޮޑަށް ދަށްވި އެވެ. އެކަމާ ގުޅިގެން މަސް ލިބުން ތަދުވެ، މަހުން އުފައްދާ އުފެއްދުންތަކުގެ އަގުތައް ވެސް އުފުލުނެވެ.

ދަށްވުމަށް ފަހު ހިނގަމުން މިދާ މަހުގެ ކުރީކޮޅުން ފެށިގެން މަސްވެރިކަން މަޑުމަޑުން ރަނގަޅުވާން ވަނީ ފަށާފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް