Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ރައީސް ނަޝީދު ޖެންގައި ހުންނެވުމަށް ދައުލަތުން 7 ލައްކައާ ގާތް ކުރާ އަދަދަކަށް ހަރަދުކޮށްފި

ރައީސް ނަޝީދު ޖެންގައި ހުންނެވުމަށް ދައުލަތުން 7 ލައްކައާ ގާތް ކުރާ އަދަދަކަށް ހަރަދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހޮޓެލް ޖެންގައި ހުންނެވުމަށް ދައުލަތުން 7 ލައްކައާ ގާތް ކުރާ އަދަދަކަށް ހަރަދު ކޮށްފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އޮންލައިން ނޫސް "މިހާރު"އާ ފިނޭންސް މިނިސްޓްރީން ހިއްސާ ކުރި މައުލޫމާތުގައިވާ ގޮތުގައި ޖެންގައި ރަައީސް ނަޝީދު ހޭދަކޮށްފައިވާ 21 ދުވަހު (ތިން ހަފުތާ)ގައި މިހާތަނަށް 698،168 ރުފިޔާ ވަނީ ހަރަދުވެފައެވެ. މިއީ ބޭސްފަރުވާއަށް ފަހު އެމަނިކުފާނު ރާއްޖެއިން ބޭރުން ވަޑައިގެންނެވި ފަހުން މިހައިތަނަށް ހިނގައިފައިވާ ހަރަދެވެ.

ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނަވާ ގޮތަށް ދައުލަތުން ހަމަޖައްސައިފައި ވަނީ، އެމަނިކުފާނު އަވަހާރަ ކޮށްލަން މި އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށް ޓަކައެވެ.

Advertisement
Ooredoo — Truecaller (box)

މި ހަމަލާއާ ގުޅިގެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު، ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގައެވެ.

ފިނޭންސް މިނިސްޓްރީން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން ރައީސް ނަޝީދަށް ދިން ހަމަލައިގައި ލިބުނު ޒަހަމްތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމަށް ވެސް 1.6 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އެއީ އިނގިރޭސިވިލާތުގައި ހުންނެވި އިރު ފަރުވާއަށް ހޭދަވި 1.5 މިލިއަން ރުފިޔާއާއި ޖަރުމަން ވިލާތުން ފަރުވާއަށް ހޭދަވި 164،601 ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވާތީ ޖެންގައި ހުންނެވުމުގެ ހަރަދު ހަމަޖައްސަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެކަމަކު ބޭސްފަރުވާއާއި މާލޭގައި ހުންނެވުމުގެ ހަރަދު މިހާރު ކުރަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް