ޚަބަރު ސަރުކާރު

ކޮލަމްބޯ ކޮންކްލޭވް: ސެކްރެޓިރިއޭޓް ގާއިމްކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރާއްޖެ ހިމެނޭ ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވް (ސީއެސްސީ)ގެ މެންބަރު ގައުމުތަކުން ސީއެސްސީ ޗާޓާ އަދި ސީއެސްސީގެ ސެކްރެޓޭރިއެޓް ގާއިމުކުރުމުގެ ފަހުމުނާމާގައި އިއްޔެ ސޮއިކޮށްފި އެވެ.

Ads by STELCO

ކޮލަމްބޯ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެ ފަހުމާނުގައި މެންބަރު ގައުމުތަކުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ ބޮޑުވަޒީރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތް ދޯވަލް ކޭސީ، ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިބްރާހީމް ލަތީފް، މޮރިޝަސް އިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހޭމަންޑޯޔަލް ދިލުމް އަދި ސްރީލަންކާގެ ރައީސްގެ ނޭޝަނަލް ސެކިއުރީޓީ އެޑްވައިޒަރު ސަގަލަ ރަޓްނަޔަކަ އެވެ.

ސީއެސްސީގެ ދަށުން މެންބަރު ގައުމުތަކުން އެއްބާރުލުންދޭ މައިގަނޑު 5 ކަމެއް އޮވެއެވެ.

އެއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޓްރެފިކިން އަދި ގައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމާއި، ސައިބާ ސެކިއުރިޓީއާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން އަދި އިންސާނީ އެހީތެރިކަމާއި ކާރިސާތަކާ ގުޅިގެން އެހީތެރިވެ ދިނުމެވެ.

އެ ބައްދަލުވުމުގައި ކުރިއަށް ހުރި މަސައްކަތްތަކާއި، ކުރިއަށް އޮތްތަނުގައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަފުދުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރެއްވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!