ބާ އިން މީމަށް އަށް ވައިޓް އެލާޓް

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު މި އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވާ ވަނީ 13:00 އިން 18:00 އަށެވެ. މިއަދު ހެނދުނު ވެސް ވަނީ ހދ އިން ފެށިގެން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓު އޮފީހުން ބުނީ ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަ ށެވެ.
ހުރިހާ ހިސާބުތަކަށްވެސް މިދިޔަ ދެ ދުވަހުގައި ވަނީ ބޯކޮށް ވާރޭވެހި މޫސުން ގޯސްވެފައެވެ. ކުރިޔަށް އޮތް 48 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން މައުލޫމާތު ދެއެވެ.