Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް، ސަމާލުވޭ

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް، ސަމާލުވޭ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލު ވުމަށް އެ ކުންފުނިން އެދެފި އެެވެ.

"އެކްސް" ގައި މިއަދު ކުރެެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ނަމުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ގުޅަމުންދާ މަައްސަލައެއް ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެގޮތަށް ގުޅާ ފަރާތްތަކުން ދޮގު މައުލޫމާތުދީ، އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވިދާޅުވީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް ސްޓެލްކޯއިން ނުގުޅާނެ ކަމަށެވެ. ޝައްކު ކުރެވޭފަދަ ކޯލެއް ނަމަ ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް ފޯނު ކަނޑާލުމަށާއި އެފަދަ ކޯލެއް އައިސްފިނަމަ ސްޓެލްކޯއަށް ގުޅައި ޔަގީން ކުރުމަށް ފަހުމީ ވަނީ އެދިވަޑައިގެންފަ އެވެ.

Advertisement
Ooredoo — Truecaller (box)

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާ ކަމަށް ފެންމަތިވިއިރު، މީގެ ކުރިން އެކި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ފާހަގަވި އެވެ.

ސްކޭމްގެ މައްސަލަތައް އާންމު ކަމަކަށް ވެފައިވާއިރު، އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް އެންޓި ސްކޭމް ސެންޓަރެއް ގާއިމުކޮށް، މައްސަލަތައް ބެލޭނެ އަވަސް ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް