ޚަބަރު

ހޯޑެއްދޫގައި ކޮވިޑު-19 ފެތުރުމުގެ ސަބަބުން އެރަށު މިސްކިތްތައް ބަންދުކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގދ. ހޯޑެއްދޫގައި ގިނަބަޔަކު ކޮވިޑު-19 އަށް ފައްސި ވުމާއި ގުޅިގެން އެރަށުގެ މިސްކިތްތައް މިއަދު ބަންދު ކޮށްފިއެވެ.

Ads by Hajj Corporation

ހޯޑެއްދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން އެރަށުގައި ކޮވިޑު-19 ޖެހިފައިވާ މީހުުންނާއި ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ ގިނަ ބަޔަކު އުޅުމާއި ގުޅިގެން، މިސްކިތްތައް ބަންދު ކޮށްފައި ވާނީ އިސްލާމިކް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އެރަށުގައި ޖުމުލަ 3 މިސްކިތަ ހުންނައިރުގައި، އެ މިސްކިތްތައް ބަންދު ކޮށްފައިވަނީ މިއަދުގެ އަސްރު ނަމާދަށް ފަހުގައި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިސްކިތްތައް ބަންދު ކުރި ކަމުގައި ވީ ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދު ތަކަށް ބޯލެނބުމަށް ހޯޑެއްދޫގެ ކައުންސިލުން ވަނީ ބުނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އެރަށުން 19 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިކަމާއި ގުޅިގެން އެރަށާއި ކޯޒްވޭއަކުން ގުޅާލެވިފައިވާ މަޑަވެލި ވެސް މޮނިޓަރިންގެ ހާލަތަށް ގެނައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!