ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވިކަމަށް ދެކެވޭ ވާހަކަތަކަށް އަދީބު ރައްދު ދެއްވައިފި އެވެ.
ޕީއެންއެފްއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި މިދިޔަ ހަފްތާ ބޭއްވި ޖަލްސާއެއްގައި އަދީބުއާއި ގުޅުވައި ވާހަކަތަކެއް ވަނީ ދައްކައިފަ އެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް އަދީބުއަށް ޖާސޫސުކޮށްދޭން ރައީސް މުއިއްޒު ވަޒީރުކަމުގައި ހުންނަވައި ބައްދަލު ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މިމައުލޫމާތުތައް ރައީސް މުއިއްޒު ދޮގުކުރައްވާފައި ވަނިކޮށް މިކަމާއި ގުޅޭގޮތުން އަދީބުވެސް ވަނީ މިއަދު ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އަދީބު ވިދާޅުވީ 2015 ވަނަ އަހަރު އަދީބު ހުރަގޭގައި އޮންނަވަނިކޮށް އެމްޔޫއޯ ކިޔާ ހަރަކާތެއް އުފައްދައި އޭގެ އެޑްވައިޒަރަކަށް އަދީބު ހަމަޖެއްސެވި ކަމަށެވެ. އެ ހަރަކާތުގެ ރައީސަކަށް އޭރު ހުންނެވީ ޖަމީލު ކަމަށްވެސް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑު ރައީސް ޑރ. މުއިއްޒުއަކާއި ބައްދަލެއް ނުކުރަން"
2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ޑރ. މުހައްމަދު ޖަމީލު އަހުމަދު ރަނިންމޭޓެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖަމީލު ނައިބު ރައީސްކަމުން ވަކިކުރެއްވި އެވެ. އޭގެ ފަހުން ނައިބު ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ އަދީބު އެވެ.
ޖަމީލު ފަހުން މަސައްކަތް ކުރެއްވީ އިދިކޮޅު އެމްޑީޕީއާއެކު އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 2018 ވަނަ އަހަރު އިންތިހާބު ކުރުމަށް ޖަމީލު ގިނަ މަސައްކަތްތަކެއް ކުރެއްވެވި އެވެ. އެހެންނަމަވަވެސް ރައީސް ޞާލިހުގެ ސަރުކާރުގައި ޔާމީނުގެ މައްސަލަތަކެއް ކޯޓުގައި ހިނގަން ފެށުމުން އިސް ވަކީލެއްގެ ގޮތުގައި ޖަމީލު ހަރަކާތްތެރިވާން ފެށި އެވެ.
ޖަމީލަކީ ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގައި މިހާރު އިސް ދައުރެއް އަދާކުރައްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ.
އަދީބު މިއަދު ވިދާޅުވީ ސިޔާސި ގޮތުން ވަކި މީހެއްގެ ނަފްސު މަޝްހޫރު ކުރުވުމަށް އެމަނިކުފާނުގެ ނަން ބޭނުން ނުކުރެއްވުމަށް އެދޭ ކަމަށެވެ.
ޢިބިލީސް ބުންޏަސް ހެޔޮ ބަހެއްވާނީ ހަމަ ހެޔޮ ބަހަކަށް. މިހާރު ޔާމީނު ކައިރިކޮށްގެން މި އުޅެނީ އޭނާ އިތުބާރު ނެތިގެން ދުރު ކުރި މީހުން. ޢަދީބަށް ނައިބުކަން ދޭން ޖަަމީލް ވަކިކުރީ މަލީހް ތިޔަބުނާ ޕާޕާއަކުވެސް. ކީކޭ ބުނާނީ ޔާމީން ކަހަލަ މީހަކު މި ދަރަޖައަށް ވެއްޓުނީމަ. މަމެން ހީކުރީމު ޔާމީނަކީ އަ×ުމް ވަރުގަދަ ހަރުދަނާ މީހެއް ކަމަށް. ޢެކަމަކު ޕާޓީގެ ވެރިކަމަށް އަދުރޭ ލީ ހިސާބުން އުއްމީދު ގެއްލުނީ.
ޔޭސް
ސިޔާސީ ގޮތުން ވިޔަސް އެހެން ގޮތަކަށް ވިޔަސް ވަކި މީހެއްގެ ނަފްސު މަޝްހޫރު ކުރުވުމަށް ބޭނުން ކުރަން އެންމެ ތާހިރު ނަމަކީ ތީވިއްޔަ. ލަދުހަޔާތް ކުޑަވީމަ އެވަރުގެ ބޮޑު ވައްކަމެއް ކުރަން ކެރުނީވެސް. އަދި ނުކުމެ އަނގަވެސް އެބަ އަރުވައެއްނު.