Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގުރައިދޫ މަގުތަކުގައި ގަސް އިންދުމުގެ މުބާރާތެއް، އެއްވަނަ އަށް 30،000ރ

ގުރައިދޫ މަގުތަކުގައި ގަސް އިންދުމުގެ މުބާރާތެއް، އެއްވަނަ އަށް 30،000ރ

ކ. ގުރައިދޫގެ މަގުތަކުގައި ގަސް އިންދުމުގެ މުބާރާތެއް ބާއްވަން އެ ރަށު ކައުންސިލުން މިއަދު އިއުލާނުކޮށްފި އެވެ.

"ކ.ގުރައިދޫގެ މަގުތަކުގައި ގަސްއިންދާ ޒީނަތްތެރިކުރުމުގެ މުބާރާތް" ގެ ނަމުގައި ކުރިއަށް ގެންދާ އެ މުބާރާތާ ގުޅޭ ގޮތުން ކައުންސިލުން ގެޒެޓުގައި އިއުލާންކޮށްފައިވެ އެވެ.

އެ ކައުންސިލުން ބުނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މުބާރާތް ކުރިއަށް ދާނީ އެ ރަށުގެ 14 ސަރަހައްދަކަށް ބަހާލައިގެން 1 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

Advertisement
HDC — Sidebar (box)

އަދި މުބާރާތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު ކަމުގެ ތަޖުރިބާ ހުރި ރަށުންބޭރު ފަރާތެއް ނުވަތަ ފަރާތްތަކެއްގެ އެހީގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ސަރަހައްދު ހޮވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ވަނަތަކާއި އިނާމު:

  • 1 ވަނަ ސަރަހައްދަށް 30،000 ރުފިޔާ
  • 2 ވަނަ ސަރަހައްދަށް 20،000 ރުފިޔާ
  • 3 ވަނަ ސަރަހައްދަށް 10،000 ރުފިޔާ

ކައުންސިލުން ބުނީ މުބާރާތަށް އިއުލާނުކުރާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ސަރަހައްދަކުންވެސް މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީވާން ވާނެ ކަމަށެވެ.

ކައުންސިލުން ބުނީ ރަޖިސްޓްރީވާއިރު ސަރަހައްދަށް ނަމެއް ކަނޑައަޅައި ސަރަހައްދުގެ ލީޑަރު ކަނޑައަޅަންވާނެ ކަމަށެވެ.

އަދި ކޮންމެ ސަރަހައްދަކުންވެސް ކަނޑައަޅާ ލީޑަރަކީ މުބާރާތް ނިމެންދެން މުބާރާތުގެ އެންމެހާ ކަންކަމުގައި ކައުންސިލުން މުއާމަލާތުކުރާނެ ފަރާތް ކަމުގައިވާތީ ކޮންމެ ސަރަހައްދަކުންވެސް ކަނޑައަޅާ ލީޑަރަކީ ފަސޭހަކަމާއެކު އެފަރާތާ މުއާމަލާތުކުރެވޭނެ ފަރާތަކަށް ވާންވާނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް