މުނިފޫހިފިލުވުން ދިވެހި ސިނަމާ

"އުދަބާނީ 2": ޓްރެއިލާ ދައްކާލައިފި، އަޅުވަނީ މިމަހު 19 ގައި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އުދަބާނި 2 ގެ ޕޯސްޓަރެއް

ބިރުވެރި ފިލްމު "އުދަބާނީ 2" ގެ ޓްރެއިލާ އާންމު ކޮށްފި އެވެ.

Ads by STELCO

އާމިރާ އަލީ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ލީޑް ރޯލުން ފެނިގެން ދިޔަ 2009 ވަނަ އަހަރުގެ ފިލްމު "އުދަބާނީ" ގެ ސީކުއަލްއެއް ހަދަނީ ފުރަތަމަ ފިލްމުގެވެސް ޕްރޮޑިއުސަރު ހާމިދު އަލީ އެވެ. ދެ ފިލްމުވެސް ޑައިރެކްޓު ކޮށްފައިވަނީ އަމްޖަދު އިބްރާހިމް (އަމްޖޭ) އެވެ.

"އުދަބާނީ 2" ގެ ލީޑް ރޯލު ކުޅެފައިވަނީ އަހުމަދު އީސާ (އާނަންދު) އާއި އާމިނަތު ޝުހާ އެވެ. މީގެ އިތުރުން މުހިންމު ރޯލުތަކުން ހާމިދުގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ)، ނަތާޝާ ޖަލީލު، ޝަމީލް، މަރިޔަމް ހަލީމް އަދި ޝަކީލާ ފެންނާނެ އެވެ.

މިފިލްމުގެ ޓިކެޓު މިހާރު ވިއްކަމުން ދާއިރު ފިލްމު އަޅުވަން ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ކުރިން ފިލްމު އަޅުވަން ހަމަޖެހުނީ މިމަހުގެ 15 ގަ އެވެ.

އުދަބާނީ އަކީ 2009 ވަނަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. ދެވަނަ ފިލްމުގެ ޓްރެއިލާގައި ބިރުވެރި މަންޒަރުތަކެއް ހިމެނޭއިރު ލޯބީގެ ވާހަކައެއްވެސް ނިއުޅޭކަން އެނގެ އެވެ.

"އުދަބާނީ 2" އަކީ މިއަހަރު ދިވެހި ސިނަމާގައި ރިލީޒް ކުރާނެ 7 ވަނަ ފިލްމެވެ. މިހާރު ސިނަމާގައި އަޅުވަމުން ދަނީ ހުސައިން މުނައްވަރު (ކިޑޫ) ގެ "ކަމަނާ" އެވެ. "ކަމަނާ" ގެ 24 ޝޯވެސް މިހާރު ވަނީ ހައުސްފުލް ވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!