Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ޓޯކުރި ސައިކަލް ނަގަން ގޮސް ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

ޓޯކުރި ސައިކަލް ނަގަން ގޮސް ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

ފުލުހުން ޓޯކުރި ސައިކަލެއް ނަގަން ދިޔަ މީހަކު ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަނުގެ ހުޅަނގުފަރާތު ދޮރުގެ ލައިޓްތައް ތަޅާލައި ގެއްލުންދީފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކަމެއް ހިނގީ ރޭ ފަތިހު 4:15 ހާއިރު ކަމަށާއި، އެ މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލެ، ހ. ހެމަވަތި، ޒައިދާން މުހައްމަދު ޒާހިރު (24އ) ކަމަށެވެ.

ފުލުހުން ބުނީ ޒައިދާންގެ ސައިކަލު ޓޯކުރީ ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މައްސަލާގައި ކަމަށެވެ.

Advertisement
Ooredoo — Square (box)

ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލާގައި ޒައިދާން، ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓް އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލަ އާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް