ޚަބަރު ސަރުކާރު

މެލޭޝިޔާ ޔުނިވަސިޓީ ތަކުން ޑިސްކައުންޓާ އެކު 561 ދަރިވަރަކަށް ފުރުސަތު ހޯދަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މެލޭޝިޔާ އާއި ރާއްޖޭގެ މަތީ ތައުލީމު ކުރިއެރުވުމުގެ އެއްބަސްވުމުގެ ތެރެއިން އެ ގައުމުގެ ޔުނިވާސިޓީތަކަކުން 561 ދިވެހި ދަރިވަރުންނަށް ޑިސްކައުންޓާއެކު ކިޔެވޭނެ ފުރުސަތު ހޯދައިދިނުމަށް އެއްބަސްވެއްޖެ އެވެ.

Ads by STELCO

އެ ފުރުސަތު ހުޅުވާލާފައިވަނީ ހަޔާ އެޑިޔުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސެސް (އީއެމްޖީއެސް) އިން ރާއްޖެއާ މެލޭޝިޔާގެ މަތީ ތައުލީމު ކުރިއެރުވުމަށް މިއަދު ހަޔާ އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވެވުނު އެއްބަސްވުމުގަ އެވެ.

އެ އެއްބަސްވުމުގައި ހަޔާ އެޑިޔުކޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ. އަދި މެލޭޝިޔާގެ އީއެމްޖީއެސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، ނޯވީ ތާޖުއްދީން އެވެ.

އެއްބަސްވުމުގެ މަގުސަދަކީ ރާއްޖެ އާއި މެލޭޝިޔާގެ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް، ދެ ގައުމުގެ އެކި ކަންކޮޅުތަކަށް ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮށް ދިނުމެވެ.

އެ ފުރުސަތު ހުޅުވާލާފައިވަނީ މެލޭޝިޔާގެ ޔުނިވާސިޓީތަކުގައި ތެރެއިން އާޓްސް އެންޑް ހިއުމަނިޓީސް، އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސެސް އެން މެޑިސިން، ނެޗުރަލް ސައިންސެސް، ސޯޝަލް ސައިންސެސް، މެނޭޖްމަންޓް ފަދަ އެތަށް ދާއިރާތަކުންނެވެ.

އެގޮތުން، އެ މަރުކަޒުތަކުގައި ކިޔެވުމަށް އެދި ހުށަހަޅާ ދަރިވަރުންނަށް މާލީ އެހީ (ޑިސްކައުންޓް) ފޯރުކޮށްދިނުމަށް މި އެއްބަސްވުމުގައި ކަނޑައަޅާފައިވެ އެވެ.

އެ މިނިސްޓްރީގެ އިސްވެރިންނާއި، އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސެސް (އީއެމްޖީއެސް) ގެ ބައެއް އިސްވެރިން ބައިވެރިވެފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!