Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީ މީހާގެ ބަންދަށް އިތުރު 15 ދުވަސް

ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީ މީހާގެ ބަންދަށް އިތުރު 15 ދުވަސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ވެރިރަށަށް ޑާކާއަށް ފުރަން އޮތް ފްލައިޓަކުން ލަގެޖުގައި ފޮރުވައިގެން ނަގުދު ފައިސާގެ ގޮތުގައި 81،030 ޑޮލަރު ބޭރުކުރަން އުޅުނު މައްސަލައިގާ ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފި އެވެ. މި މައްސަލައިގާ ބަންދުކޮށްފައި ވަނީ ޝަހްމިން އިސްލާމް ޝަގުރް (32އ) އެވެ. ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ އަމުރުގައި ވަނީ ޝަހްމިން ބަންދުކޮށްފައި ވަނީ މަނީލޯންޑާކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ކްރިމިނަލް ކޯޓުން ޝަހްމިންގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިއްޔެ ވަނީ އިތުރުކޮށްފަ އެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކި ހުށަހަޅާފައި ވާކަމަށެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން "އެކްސް" ގައި އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި މި މީހާ އެ ޑޮލަރުތައް ރާއްޖެއިން ބޭރުކުރަން އުޅުނީ ކޯންފްލެކްސް ފޮށްޓެއްގެ ތެރެއަށް އަޅައިގެންނެވެ. ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ، އެ ފައިސާ ހޯދިގޮތާއި، އާމްދަނީ ލިބޭ ގޮތުގެ ތަފްސީލުވެސް ހާމަކުރަންޖެހޭ ގޮތަށް ކަސްޓަމްސްގެ އުސޫލު ދާދި ފަހުން ވަނީ އިސްލާހުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް