ޚަބަރު

ކޮވިޑް-19: ހޯޑެއްދޫއިން އިތުރު 10 ކޭސް ފެނިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގދ. ހޯޑެއްދޫއިން ކޮވިޑް19 އަށް އިތުރު 10 މީހުން ފައްސިވެއްޖެއެވެ.

Ads by MWSC

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ހާމަކުރި ގޮތުގައި ހޯނޑެއްދޫއިން ވަނީ އިތުރު 10 މީހެއްގެ ސާމްޕަލް ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފަސް ފިރިހެނުންނެވެ.

އެއާއެކު އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 35 އަށް އަރާފައެވެ.

އެޗްއީއޯސީން އިތުރަށް ބުނެފައިވާ ގޮތުގައި ފައްސިވި 8 މީހުނަކީ ވެސް ކުރިން ފައްސިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓްސްއެވެ. އަދި ބާކީ ދެ މީހުންނަކީ ސެކަންޑަރީ ކޮންޓެކްޓްސްއެވެ.

އެރަށުގައި އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދަމުން ދާއިރު، މިހާތަނަށް ބަލީގެ އަލާމާތް ހުރި 60 މީހަކު ވަނީ ފެނިފައެވެ.

އެރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!