ޚަބަރު އިޖުތިމާޢީ

ކުޅުދުއްފުށީ ފަޅު ތެރެއިން ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އަދި ނުފޮނުވާ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މުހައްމަދު ސައިކަލު ބަހައްޓާފައިވާ ސަރަހައްދު/ ފޮޓޯ: ދެން އޮންލައިން

މިދިޔަ ބުދަ ދުވަހު ހެނދުނު ކުޅުދުއްފުށީ ސިޓީ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެ ސިޓީ, ޑެއިޒީ ފެހި އުމުރުން 36 އަހަރުގެ މުހައްމަދު ހަސަންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އަދި ނުފޮނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާ މާލެ ގެނެސްފައިވަނީ ބުދަ ދުވަހުގެ ރެ އެވެ.

އެކަމާ ގުޅިގެން "ދެން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މުހައްމަދުގެ ހަށިގަނޑުގައި ބޭރުފުށަށް އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދިނެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އުތުރު ފަރާތު ބަނދަރުގެ ފަޅު ތެރޭގައި މުހައްމަދު މަރުވެފައި އޮއްވާ ފެނުނުއިރު އެއްގަމުގައި ގާތްގަނޑަކަށް 50 ފޫޓު ދުރުގައި އޭނާ ދުއްވާ ޒޫމާ ސައިކަލުވެސް އިނެވެ. އަދި އޭނާ މޫދަށް ފޭބީ ދޯންޏެއްގެ ފެހި ކަހަން ވެގެން ކަމަށް މަންޒަރު ދުށް މީހުން "ދެން" އަށް ކިޔައިދިނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!