ޚަބަރު ސަރުކާރު

މުދަލު ޒަކާތުގެ ގޮތުގައި 73.8 މިލިއަން ރުފިޔާ ދައުލަތަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މިއަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ދައުލަތައް 73.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by STELCO

ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އޮގަސްޓު މަހާ ހަަމައަށް ލިބިފައިވާ ވަރު މިދިޔަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ލިބުނު ވަރަށް ވުރެ 6.7 މިލިއަން ރުފިޔާ އިތުރެވެ. މިއަހަރުގެ މިހާތަނަށް ލިބިފައިވާ އަދަދު ވަނީ %9.8 އިތުރުވެފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ މުދަލު ޒަކާތް ލިބިފައި ވަނީ ޖުލައި މަހުގަ އެވެ. އެއީ 5 މިލިޔަން ރުފިޔާ އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިސޯބަށް މިދިޔަ މެއިމަހުގައި ބަދަލު ގެނެސްފައިވާއިރު، މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 9353.40 ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބަލައިގަންނަމުން އައި މުދަލު ޒަކާތް މީރާއިން ބަލައިގަންނަ ގޮތަށް ހަމަޖެއްސީ 2016 ވަނަ އަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!