Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ފެންނަނީ ޑިމޮކްރަސީ އާ ދުރަށްދާ ތަން: ޝާހިދު

ފެންނަނީ ޑިމޮކްރަސީ އާ ދުރަށްދާ ތަން: ޝާހިދު
ދިވެހިރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަސީ އާ ދުރަށްދާ ތަން ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިއަދު ރާއްޖެއިން ފެންނަނީ ޑިމޮކްރަސީ އާ ދުރަށްދާ ތަން ކަމަށެވެ. އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ޑިމޮކްރެޓިކް ހަމަތަކާއި ތަރައްގީ ވަނީ ގުޅިލާމެހިފައި،" ޝާހިދު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑިމޮކްރެސީގައި ހޯދުމުގެ ކާމިޔާބީތަކާ ދުރަށް ނުދިއުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމުގަ އެވެ. ހިޔާލުފާޅު ކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކާ އަދި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެކަން ވެސް ފާހަގަކުރެއްވި އެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރަން އދ. ގެ އާންމު މަޖިިލިހުން 2007 ވަނަ އަހަރު ނިންމުމާ ގުޅިގެން ރާއްޖޭގައި ވެސް އަންނަނީ މި ދުވަސް ފާހަގަކުރަމުންނެވެ. އަދި ދުވަހާ ގުޅިގެން ހޭލުންތެރި ކުރުމަށް އެކި މުއައްސަސާތަކުން ތަފާތު ހަރަކާތްތައް ވެސް ހިންގަ އެވެ. މި އަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރަކީ "ރަނގަޅު ވެރިކަމެއްގެ ވަސީލަތެއްގެ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް" އެެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް