Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޑިމޮކްރެޓިކް ނިޒާމު ބިނާކުރަން ވާނީ އިސްލާމީ ހަމަތަކުގެ މައްޗަށް: ރައީސް

ޑިމޮކްރެޓިކް ނިޒާމު ބިނާކުރަން ވާނީ އިސްލާމީ ހަމަތަކުގެ މައްޗަށް: ރައީސް

ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަން ވާނީ އިސްލާމީ ހަމަތަކުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަން ވާނީ އިސްލާމް ދީނާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާ އަދި ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރަން އދ. ގެ އާންމު މަޖިިލިހުން 2007 ވަނަ އަހަރު ނިންމުމާ ގުޅިގެން ރާއްޖޭގައި ވެސް އަންނަނީ މި ދުވަސް ފާހަގަކުރަމުންނެވެ. އަދި ދުވަހާ ގުޅިގެން ހޭލުންތެރި ކުރުމަށް އެކި މުއައްސަސާތަކުން ތަފާތު ހަރަކާތްތައް ވެސް ހިންގަ އެވެ.

Advertisement
Allied Insurance — Square (box)

މި އަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރަކީ "ރަނގަޅު ވެރިކަމެއްގެ ވަސީލަތެއްގެ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް" އެެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް