ޚަބަރު ސަރުކާރު

ރައީސްގެ ވަރުގަދަ މެސެޖެއް; ފަރުވާކުޑަކަމުން ކުރެވޭ ކަންކަން އިސްލާހުކުރުމަށް ދެވަނަ ފުރުޞަތެއް ނުލިބިދާނެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މަގުމަތީގެ ރައްކާތެރިކަމާ ގުޅިގެން ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ ހާއްސަ މެސެޖެއް ރައްޔިތުންނަށް ދީފި އެވެ.

Ads by MWSC

ރައީސް އެކްސްގައި ވަނީ "މާކަނާ ޝޯ" އުފެއްދި ޔާމީން ރަޝީދުގެ ސެލްމިން އެނިމޭޝަން ސްޓޫޑިއޯ އިން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ތައްޔާރުކުރި އިބުރަތްތެރި އެނިމޭޓެޑް ވީޑިއޯއެއް ހިއްސާކުރައްވާފައެވެ.

އެ ވީޑިއޯ އިން ފެންނަނީ ބައްޔަކު އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް އަތުކުރީ ގަޑިއެއް ހިފައިގެން ހަދިޔާއަކަށް އެދޭން އެ ގެޔަށްދާ މަންޒަރެވެ. އެ ހިފައިގެން ސައިކަލުގައި ދަނިކޮށް, ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް އައިސް ސައިކަލާ ފައްތަރުވެ, އެކްސިޑެންޓްވާ މަންޒަރު ފެނެއެވެ.

ދެން ފެންނަނީ ސައިކަލު ދުއްވި މީހާ މަގުމަތީގައި ޒަޚަމްތަކަކާއެކު އޮތްތަނެވެ. ކާރު ދުއްވައިން އިން މީހާ ކާރުން ނުކުމެގެން އައިސް ސައިކަލުން ވެއްޓިފައި އޮތް މީހާ އަކީ ކާކުތޯ ބަލާލަން ފުރޮޅާލިއިރު, އެއީ އޭނާގެ ބައްޕައެވެ. ކައިރީގައި އޭނާއަށް ދޭން ގެނައި އަތުކުރީ ގަޑީ އޮތެވެ. އެހިސާބުން ބައްޕަގެ ކިނބައިން މައާފަށް އެދި އޭނާ ރޮއެވެ.

މި ކާޓޫނު ހިއްސާކުރައްވަމުން ރައީސް ލިޔުއްވާފައިވަނީ "ފުރާނައަކީ އަގުހުރި އެއްޗެއް، ރައްކާތެރިކޮށް ދުއްވާ،" އެ މެސެޖެވެ. އެއާއެކު އެންމެންގެ ކިބައިން އެމަަނިކުފާނު އެދިވަޑައިގަތީ އެންމެން ގުޅިގެން މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަންތަން ކަމުގައި ހެދުމަށެވެ.

މި މަހުގައި ނުރައްކާތެރި ގިނަ އެކްސިޑެންޓު ތަކެއް ހިނގާފައިވާއިރު، ދެ މީހެއްގެ ފުރާނަވެސް ގޮސްފައި ވެއެވެ.

Ads by Ooredoo