ޚަބަރު ވިޔަފާރި

އުރީދޫއިން އަންނަ ހުކުރު ދުވަހު އައިފޯން 16 ސީރީޒް ޕްރީ އޯޑަރަށް ހުޅުވާލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައިފޯން 16 ޕްރޯ

އުރީދޫއިން އެންމެ ފަހުގެ އައިފޯން 16 ސީރީޒް ޕްރީ އޯޑަރަށް ހުޅުވާލަން ނިންމައިފި އެވެ.

Ads by STELCO

އެ ގޮތުން ހުކުރު ދުވަހުގެ ދަންވަރު 12 އިން ފެށިގެން ޕްރީ އޯޑަރަށް ހުޅުވާލާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އައިފޯން 16 އަދި އައިފޯން 16 ޕްލަސް އަކީ މުޅިން އާ އޭ18 ޗިޕް ހިމަނައިގެން އުފައްދާފައިވާ ފޯނެކެވެ.

އެ ގޮތުން ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑް، އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗާތައް އަވަހަށް ހޯދުމަށާއި، ބެޓެރީ ލައިފް އާ މޮޑެލްތަކުގައި ހިމަނާފައިވާ ކަން ވެސް އުރީދޫއިން ފާހަގަކޮށްފައިވެެ އެވެ.

ހަމަ އެހެންމެ އައިފޯން 16 ޕްރޯ މެކްސް އަކީ އޭ18 ޕްރޯ ޗިޕް ގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮންޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ
ފީޗާސް، އަދި ބެޓެރީލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ މޮޑެލްއެއްކަން ވެސް ފާހަގަކޮށްފައިވެެ އެވެ.

Ads by Allied Insurance