Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި މީހާގެ ބަންދަން 10 ދުވަސް

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި މީހާގެ ބަންދަން 10 ދުވަސް

މަގުމަތި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދިޔަ ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހާގެ ބަންދަން 10 ދުވަސް ޖަހައިފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހެންވޭރު ދަނޑު ކައިރީގައި ވެހިކަލް ޗެކް ޕޮއިންޓެއްގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހެއް ގާތުގައި މަޑުކުރަން ބުނި ކަމަށެވެ. އެހެންނަމަވެސް އެތަނުގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު މަޑުނުކޮށް އެ މީހާ ފިލައިގެން ދިޔަ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ސައިކަލުން ފުލުހެއްގެ ގައިގައި ޖެއްސުމަށް ފަހު ފިލައިގެން ގޮސްފައި ވަނީ ޅ. ކުރެންދޫ، މަގުމަތީގެ، އުމުރުން 24 އަހަރުގެ އަލީ ސަމާހް މުހައްމަދު ކަމުގަ އެވެ.

Advertisement
Ooredoo — Square (box)

މި މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ސަމާހް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް