Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ކުޅުދުއްފުށި ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމަށްފަހު ގެނެސްފި

ކުޅުދުއްފުށި ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމަށްފަހު ގެނެސްފި

ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމަށްފަހު މިއަދު މާލެ ގެނެސްފި އެވެ.

ކުޅުދުއްފުށި އުތުރު ބަނދަރު ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެ ސިޓީ ޑެއިޒީފެހި, މުހައްމަދު ހަސަން އެވެ. އުމުރުން 36 އަހަރުގެ މުހައްމަދު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމައި މާލެ ގެނެސްފައި ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރެ އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައި ވަނީ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ލަސްވާން މެދުވެރިވި މައިގަނޑު ސަަބަބަކީ އިންޑިއާގެ ބަންދު ދުވަސްތަކަކާ ދިމާވުމުން ކަމަށެވެ. އެކަމާ ގުޅިގެން ޕޯސްޓްމޯޓަމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ލަސްވި ކަމަށް ވިދާޅުވި އެވެ.

Advertisement
HDC — Sidebar (box)

އޭނާގެ ހަށިގަނޑު ބުދަ ދުވަހު ޕޯސްޓްމޯޓަމަށް ފޮނުވާފައިވާ ކަމަށާއި އާދިއްތަ ދުވަހާ ހިސާބުގައި ހަށިގަނޑު އަނބުރާ ގެނެވޭވަރު ވާނެ ކަމަށް އެ ދުވަހު ވިދާޅުވެފައިވެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.

މުހައްމަދުގެ ހަށިގަނޑުގައި ބޭރުފުށަށް އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވެ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

މި މަރާ ގުޅިގެން ފުލުހުން އަދި އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް