Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ތަފާސް ހިސާބުތައް އެކުލަވައިލުމުގެ ގައުމީ ސްޓްރެޓެޖީ އިފްތިތާހުކޮށްފި

ތަފާސް ހިސާބުތައް އެކުލަވައިލުމުގެ ގައުމީ ސްޓްރެޓެޖީ އިފްތިތާހުކޮށްފި

ރާއްޖޭގެ އެކި ދާއިރާތަކުން މައުލޫމާތު އެއްކޮށް ތަފާސް ހިސާބުތައް އެކުލަވައިލުމުގެ ގައުމީ ސްޓްރެޓެޖީ އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެކުލަވައިލާ ދުރު ރާސްތާގެ މި ތަސައްވުރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ރާވައިފައެވެ. އެގޮތުން މިއަންނަ އަހަރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ ބޯހިމެނުމުގެ އިތުރުން އިގްތިޞާދީ ހަރަކާތްތަކުގެ ބޯހިމެނުން ވެސް ހިމެނެއެވެ. މިސްޓެޓިސްޓިކްސް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ. މިއީ މިއަހަރުން ފެށިގެން 2030ވަނަ އަހަރާ ހަމައަށް ތަންފީޒުކުރަން ނިންމައިފައިވާ ކަންކަން ހިމެނޭ ސްޓްރެޓެޖީއެކެވެ.

މިއަދު އިފްތިތާހުކުރި ސްޓްރެޓެޖީގައި ސަރުކާރުގެ 17 މުއައްސަސާއަކުން މައުލޫމާތު އެއްކުރާނެއެވެ. ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން މީގެ ތެރޭގައި މިނިވަން މުއައްސަސާތައްވެސް ހިމެނޭނެއެވެ. މި ސްޓްރެޓެޖީ އެކުލަވައިލުމުގައި ތަފާސް ހިސާބުގެ ދާއިރާގައި މަސައްކަތްކުރާ ދައުލަތުގެ ވުޒާރާތަކާއި ޑޭޓާ ބޭނުންކުރާ ފަރާތްތަކާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދިމާވާ ދަތިތައް ދެނެގަނެ މިކަންކަމުގެ ހައްލުވެސް ވަނީ ހިމަނާފައެވެ.

Advertisement
Allied — Dhen Online (box)

<img class="alignnone wp-image-127707 size-full" src="https://cdn.dhen.mv/wp-content/uploads/2021/11/069-stats.jpg" alt="" width="768" height="401" />

މިސްޓެޓިސްޓިކްސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ހައުސިންގް އެންޑް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ތަރުތީބު ކުރަމުން ގެންދަނީ ކުރިއަރައިދާ ގައުމެއްގެ ގޮތުގައި ކަމަށެވެ. މިޒަމާނުގައި ކަންކަން ޕްލޭންކުރުމާއި ކުރިއަރާ ދިޔުމުގައި އެންމެ ބޮޑަށް ބަރޯސާވާން ޖެހެނީ ކަންކަމާ ގުޅޭގޮތުން އެއްކުރެވޭ މައުލޫމާތަށް ކަމަށާއި އެ މައުލޫމާތުތައް އެއްކުރެވި ތަފާސް ހިސާބުތަކެއް އެކުލަވައިލެވުމުން ކަންކަން ރަނގަޅަށް ޕްލޭން ކުރެވޭކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެގޮތުން އެއްކުރާ މައުލޫމާތުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އަޅުގަނޑުމެންގެ އިގްތިޞާދަށް ވަމުންދާ ގޮތްތަކާއި އަޅުގަނޑުމެންގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކާ ވަމުންދާ ގޮތްތަކާ އަޅުގަނޑުމެންގެ ވަކިވަކި ރަށްރަށުގައި އިގްތިޞާދު ކުރިއަރައިފައިވާ މިންވަރާ އެތަނެއްގައި އާބާދީގައި އިގްތިޞާދީގޮތުން ކުރެވޭނީ ކޮން ޒާތެއްގެ ކަންކަން ކަން، ކޮން މިންވަރަކަށްކަން އަޅުގަނޑުމެންނަށް އެނގިގެންދަނީ އެއްކުރެވޭ މައުލޫމާތުގެ އަލީގައި" އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ ތަފާސް ހިސާބުތަކާ ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު އެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވީ މިހިނގާ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 20ވަނަ ދުވަހުއެވެ. މިއާ އެކު ކުރިން "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް"ގެ ގޮތުގައި އޮތް ޑިޕާޓްމެންޓު، މިނިވަން މުއައްސަސާއަކަށް ބަދަލުކޮށް "ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް"ގެ ގޮތުގައި ރިފޯމްކުރިއެވެ. މި މުއައްސަސާ ބަލަހައްޓާނީ ޕްލޭނިންގ މިނިސްޓްރީންނެވެ. އަދި މުއައްސަސާ ބަލަހައްޓާނީ އެކަމަށް ޓަކައި ރައީސް ކަނޑައަޅުއްވާ ހާއްސަ ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް