މަރަދޫން ގެއްލިގެން ހޯދި މީހާ ފެނުނީ ގެއިން

ސ.މަރަދޫ އިން ގެއްލިގެން ހޯދަމުންދިޔަ މީހާ، އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި ފިރިހެނެއް މީހާ ފެނިފައިވަނީ އެނާ ދިރިއުޅޭ ގޭގައި ވަކިން އިންނަ ކޮޓަރި އަކުން ކަމަށެވެ. އަދި އެމީހާ ފެނިފައިވަނީ މިއަދު 17:05 ގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
"މީހާގެ ސިއްހީ ހާލަތު ބެލުމަށް މަރަދޫ ހެލްތް ސެންޓަރަށް ވަނީ ގެންގޮސްފައި" ފުލުހުން ބުންޏެވެ.
މި މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 13:30 ކަންހާއިރު އެވެ. އަދި ރިޕޯޓް ކޮށްފައިވަނީ އިއްޔެ 19:00 ހާއިރު ގެއިން ނިކުމެގެން ދިޔަ މީހާ މިއަދުވެސް ގެއަށް ނައުމުންނެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
ނަފުސާނީ ޑްރަގް މީހެއްބާ