ޚަބަރު އިޖުތިމާޢީ

ފުޅާ ދާއިރާއެއްގައި ޑްރަގުގެ ވިޔަފާރިކުރި މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި މީހަކު ހއ. ހޯރަފުށިން ހައްޔަރުކޮށްފި އެވެ.

Ads by MWSC

ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ، ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި / ރަތްބަގީޗާގެ، އަހުމަދު ޝީބާން (42އ) އެވެ.

ފުލުހުން ބުނީ ޝީބާން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮޓަރި ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 50.6 ގްރާމް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.

އެ މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

  1. އަމާން

    ޤަބޫލު ކުރިޔަސް ނުކުރިޔަސް …..ކޮމެންޓް ޖެއްސަސް ނުޖެއްސަސް……ޙައްލަކީ ޢުމަރު………ޙުކުމް ތަންފީޒު ކުރަން ކެރޭނެ …ކުރާނެ….އެހިތްވަރު ހުންނާނެ….
    * ދައުލަތުން ވައްކަން ކޮށްފި ނަމަ…އަތް ކަނޑާނެ.
    * ޑްރަގު ހުއްޓުވާނެ….އެތެރެ ކުރާ ބޯޓު ފަހަރު މީހުން ދަމައިގެންފަ ފައްތާނެ.
    * މަރުގެ ޙުކުމް ތަންފީޒު ކުރާނެ.
    * ގޭންގް ހުއްޓުވާނެ.
    * މާރާމާރީ ގައި ކަނޑި އާއި ވަޅި ނަގައިފި ނަމަ ފުލުހުން ފިސްތޯލަ ނަގާނެ.
    * ގޭންގް ވުޖޫދުން ފޮހެލާނެ.
    ތައްޤީ ގެންނާނެ.
    * ތަޢުލީމީ ކުދިންނަށް ފުރުޞަތު ލިބޭނެ
    * އިސްލާމް ދީނަށް އިސްކަންދޭނެ.