ފުލުހުންނާ ގުޅިގެން ޖިނާއީ އަދުލުގެ ނިޒާމަށް ކުރެވޭ އިތުބާރު ބޮޑުކުރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ.
އަދި މަގާމާ ހަވާލުވުމަށް ފަހު އޭނާ ދަނީ އަދުލުގެ ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވަމުން ނެވެ.
އެގޮތުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއާ ބައްދަލު ކުރައްވާފައިވާ އިރު މިއަދު ވަނީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރެއްވުމަށް ފަހު އައްބާސް މިއަދު އެކްސްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ އޭނާ ހަވާލުވި މަސައްކަތުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށެވެ.
އަދި ދެ މުއައްސަސާއިން އެކީގައި ކުރެވޭ މަސައްކަތުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރެވޭ އިތުބާރު މިހާރަށްވުރެ ބޮޑުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އައްބާސްއަކީ އަދުލުގެ ދާއިރާގައި ތަޖުރިބާއާއި ފުންނާބު އުސް ބޭފުޅެކެވެ.
އޭނާ ކުރިން ވަނޯ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމާއި އަދި ގާނޫނީ ދާއިރާގެ އެކިއެކި މަގާމުތައް ފުުރުއްވާފައ އެވެ. އަދި އޭނާ ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލާ އޮފް ލޯ ހާސިލުކުރައްވާފަ އެވެ.
ޓި ފުލުހުންނާ ގުޅިގެންނޭ ކުށެއްނެތް މީހުން ފްރޭމްކޮށް ކުޑަގޮޅީގަ ގަނަތަޅުވަނީ މިހާރުވެސް