Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި ޖަލުގައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ

15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި ޖަލުގައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ

15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިގެން މިއަދު މަރުވެއްޖެ އެވެ.

ދަންޖެހިގެން މަރުވެފައިވަނީ މާލޭ، ގ. އެއްތެޔޮމާގެ، އަބްދުލްޣަނީ އިސްމާއީލް (62އ) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން ބުނީ ގޮޅީގައި ޣަނީ ދަންޖެހިފައި ހުއްޓާ ފެނުުނީ މިއަދު ހެނދުނު 6:52 ގައި ކަމަށެވެ.

Advertisement
HDC — Sidebar (box)

ފެނުމާއެކު ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ޣަނީ މަރުވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ 7:21 ގައި ކަމަށް ކަރެކްޝަނުން ބުންޏެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް ވިދާޅުވީ ޣަނީ އަކީ ޖަލުގެ 11 ވަނަ ޔުނިޓުގައި ހުރި މީހެއް ކަމަށާއި، އޭނާ ދަންޖެހިފައިވަނީ ބެޑްޝީޓަކުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ދަންޖެހިފައި އޮއްވާ ފެނުނީ މިއަދު ހެނދުނު އެވެ.

ކުޑަކުދިންނާއި ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށުގެ މައްސަލާގައި އޭނާ ޖަލަށް ގެންގޮސްފައިވަނީ މި އަހަރުގެ މާޗް 24 ގައި ކަމަށެވެ.

ކުޑަކުދިންނާ ގުޅުން ހުރި އެ ފަދަ މައްސަލައެއްގައި ޣަނީގެ މައްޗަށް މީގެ ކުރިންވެސް ހުކުމެއް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް