ޚަބަރު ސަރުކާރު

ޕޭޕަލްގެ ހިދުމަތް ފަހިކުރުމާ ގުޅޭގޮތުން ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރާ މަޝްވަރާ ކުރައްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތްތައް ބޭނުން ކުރެވޭނެ މަގުފަހިކުރުމާ ގުޅޭގޮތުން ޔޫއެސް އޭޖެންސީ ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފި އެވެ.

Ads by STELCO

ރައީސް، ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރާ ބައްދަލު ކުރައްވާފައި ވަނީ އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަނުގެ ހަވާސާގަ އެވެ.

ބައްދަލު ކުރެއްވުމުގައި ސަމަންތާ ވަނީ ރާއްޖެއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތައުރީފު ކުރައްވާފަ އެވެ. އަދި އެފަދަ ތަފާތު މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫއެސްއެއިޑުން ތައްޔާރު ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތްތައް ބޭނުން ކުރެވޭނޭ މަގުފަހި ކުރުމާ އަދި އޯޕަން ގަވަމަންޓް ޕާޓްނަޝިޕް (އޯޕީޖީ) ގެ މެމްބަރުކަން ހޯދުމަކީ ރައީސްގެ ތަރައްގީގެ ތަސައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، މި ދާއިރާއިން ހުރި ފުރުސަތުތަކާ މެދު ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ބައްދަލު ކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާ މެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!