ދީން

ސިހުރާއި ވިހައިން ރައްކާތެރިވެ ތިބުމަށް އަޖުވާ ކަދުރުގެ ފައިދާ ހޯއްދަވާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
އަޖުވާ ކަދުރު

ކަދުރަކީ ބަރަކާތްތެރި އެއްޗެކެވެ.ސިއްހީ އެތައް ފައިދާ ތަކާއި ރޫޙާނީ ޝިފާ ވެސް ލިބޭ މޭވާ އެކެވެ.

Ads by STELCO

އަހަރެމެންގެ ނަބިއްޔާ ޞައްލަالله އަލައިހި ވަސައްލަމްގެ ފަރިއްކޮޅެކެވެ.

ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ރޯދައަށް ހުރިނަމަ، އެމީހަކު ކަދުރުން ރޯދަ ވީއްލާށެވެ. އެމީހަކު އަތުގައި ކަދުރު ނެތް ނަމަ ދެން ފެނުންނެވެ. ހަމަކަށަވަރުން ފެނަކީ ޠާހިރު ކުރުވާ އެއްޗެކެވެ.”

ކަދުރުގެ އެކި ބާވަތްތަކުގެ ތެރެއިން އަޖުވާ ކަދުރަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ބާވަތުގެ ކަދުރެެވެ. މަދީނާގައި ހެދޭ، ގަދަމުށި ކުލައިގެ މި ކަދުރަކީ އޭގެ މަޑުކަމަށާއި ހިކިކަމަށާއި އޭގެ އަގުމަތި ކަދުރެއްގެ ގޮތުގައި ސަޢޫދީގެ މާރުކޭޓު ތަކުގައި މަޝްހޫރު ވެފައިވާ ކަދުރެކެވެ. ހަމައެހެންމެ އަޖުވާ ކަދުރަކީ ސުވަރުގޭގެ މޭވާއެއްކަން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޡް ބަސްފުޅުތަކުން ސާބިތުވާން އެބައޮތެވެ.

އެގޮތުން އަޖުވާ ކަދުރަކީ ސިހުރުން ރައްކާތެރިކޮށްދޭ އައްޑަނައެެކެވެ. ސިހުރަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައިވެެސް ވަރަށް އާންމު އެއްޗެކެވެ.

އަޖުވާކަދުރުގެ މާތްކަމާއި މަތިވެރިކަން ބަޔާން ކުރައްވާ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

”ކޮންމެ ދުވަހަކު ހެދުނު ޢަޖުވާ ކަދުރުގެ 7 އޮށް ކަދުރު ކައިފިނަމަ އެދުވަހު އެމީހަކަށް ސިޙުރުވެރިކަމުން އަދި ވިހައަކުން ގެއްލުމެއްނުވާ ހުއްޓެވެ."

އަދިވެސް އަޖުވާ ކަދުރުގެ މަތިވެރިކަން ބަޔާން ކުރައްވާ ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

”އަލްކަމްއާ ވަނީ މަންނުގެ ތެރެއިންނެވެ. އޭގެ ފެނަކީ ލޮލަށްވާ ޝިފާއެކެވެ. އަދި ޢަޖުވާ ވަނީ ސުވަރުގެއިންނެވެ. އެއީ ވިހައިގެ ޝިފާއެކެވެ.“

އެހެން ކަމުން ކޮންމެ ދުވަހަކު ނުވަތަ ގިނަގިނައިން އަޖުވާ ކަދުރު ކެއުމަކީ ސިހުރާއި ވިހައިން ރައްކާތެރި ކޮށްދޭނޭ ކަމެކެވެ.

ހަމައެހެންމެ ކެންސަރު ބައްޔަށްވެސް އަޖުވާ ކަދުރު ކެއުމުން ފަރުވާ ލިބޭކަމަށް ދާދި ފަަހަކުން ސައުދީއަރަބިއްޔާގެ ޔުނިވާރސިޓީއެއްގައި ހެދި ދިރާސާއަކުން ވަނީ ސާބިތުވެފައެވެ.

މި ނޫނަސް އަދި އެހެން ފަރުވާތައްވެސް އަޖުވާ ކަދުރުން ލިބެއެވެ. އެގޮތުން އަޖުވާ ކަދުރުގައި އެތަކައް ޕޮރޮޓީންސް އާއި މިނެރަލްސް ހިމެނެއެވެ. އެހެންކަމުން ހަށިގަނޑު ހެދިބޮޑުވުމަށާއި ހަލާކުވެފައި ހުންނަ ތަންތަން ފަސޭހަވުމުގައި އެހީތެރިވެދެއެވެ. އަދި ހަމަ އެހެންމެ ލޭ މައްޗަށް ދިއުމާއި ކިޑްނީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް އެހީތެރިވެދެއެވެ. ހަމައެހެންމެ މާބަނޑު މީހުން އަޖުވާ ކަދުރު ބޭނުން ކުރުމުން ވިހެއުމަށް ވެސް ފަސޭހަވެގެން ދެއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!