ޚަބަރު

އދ. ގެ ސަލާމަތީ ކައުންސިލުގައި ރައީސް ގޮވާލެއްވީ ވީޓޯގެ ބާރު އުވާލުމަށް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން

އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ދީފައިވާ ވީޓޯކުރުމުގެ ބާރު އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ގޮވާލައްވައިފި އެވެ.

Ads by STELCO

ރައީސް އެހެން ގޮވާލެއްވީ އދ. ގެ ސަލާމަތީ މަޖިލީހުގައި ދެއްވި އިއްވި ބަޔާނެއްގަ އެވެ.

އދ ގެ މެންބަރު ކަމުގައި ވޭތުވެދިޔަ 59 އަހަރުގެ މާޒީއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ ރައީސަކު އދ. ގެ ސަލާމަތީ ކައުންސިލްގައި ތަގުރީރުކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

ރައީސް ވިދާޅުވީ އދ ފަދަ މަލްޓިލެޓަރަލް ނިޒާމުތަކަށް ދުނިޔެއިން ކުރާ އިތުބާރު ކުޑަަވަމުންދާ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ އެކަމަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅުން ކަމަށެވެ.

ފަލަސްތީނާ ދެކޮޅަށް އިޒުރޭލުން ހިންގަމުންދާ ގަތުލުއާމަށް އިޝާރާތް ކުރައްވާ, ރައީސް ވިދާޅުވީ ލޯކުރިމަތީގައި ބޮޑު ގަތުލްއާމެއް ހިނގަމުންދާއިރުވެސް ބައިނަލްއަގްވާމީ ގާނޫނުތައް ނަގަހައްޓައި އެކަމަށް ނިމުމެއް ގެންނަން ސަލާމަތީ މަޖިލީހެއްގައި ބޭނުން ނުވާ ކަމަށެވެ.

ފަލަސްތީނާ ދެކޮޅަށް ހިންގަމުންދަނީ ގަތުލުއާއްމެއް ކަމަށް އދ ގެ ތަޖުރިބާކާރުންނާއި ރެފަޔުއާއިން ބުނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެ ހަނގުރާމައާ ގުޅިގެން މިދިޔަ މޭ މަހުގެ ތެރޭގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ބަޔަކު ހައްޔަރުކުރަން ނެރުނު އަމުރާ ގުޅިގެން އެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލިގެންދާ މައިގަނޑު ސަބަބަކީ ހަމަހަމަ އުސޫލުތަކާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ހިނގާ ނުދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަށްބަދަލު ބޭނުންވާ ކަމަށާއި އެ ބަދަލު ބޭނުންވަނީ މިހާރު ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒުރޭލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުން ކަމަށެވެ.

އަދި އަދަބެއް ނުދީ, އަނިޔާވެރިކަން ދެމެހެއްޓުމަށް އިޒުރޭލަށް ފުރުސަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުން ކަމަށް ވިދާޅުވި އެވެ.

Ads by Allied Insurance
  1. ޝަރީފު

    ރަނގަޅު ގޮވާލެއްވުމެއް.