ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ
ރާއްޖެއިން ކޮވިޑަށް ފައްސިވެ، ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިބަލީގައި މިއަދު ނިޔާވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވެސް ވަނީ ރާއްޖެއިން މިބަލީގައި އިތުރު މީހަކު ނިޔާވެއްޖެކަން ޔަގީން ކޮށްދެއްވާފައެވެ.އެގޮތުން އެސެންޓަރުން މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ކޮވިޑަށް ފައްސި ވެގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގެ އައިސީޔޫ ގައި ފަރުވާ ދެމުންދިޔަ އުމުރުން 60 އަހަރުގެ ފިރިހެނަކު މިއަދު އިރުއޮއްސި 18:24 ހާއިރު ނިޔާވެފައިވާ ކަމަށެވެ.
މިއީ މިބަލީގައި ނިޔާވި 30 ވަނަ މީހާ އެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށި. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ ހަ މަސް ކުރިންނެވެ. އިއްޔެެގެ ޑޭޓާއަށް ބަލާއިރު، މިމުއްދަތުގެ ތެރޭގައި މިހާރު 8،741 މީހުން މިހާރު ވަނީ ރާއްޖެއިން މިބައްޔަށް ފައްސި ވެފައެވެ.