އދ. ގައި ނަތަންޔާހޫ ތަގުރީރުކުރައްވަން ފެއްޓެވުމުން ރާއްޖޭގެ ވަފުދު އެތަނުން ނިކުމެވަޑައިގެންފި
މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި އިސްރާއިލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަގުރީރު ކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެވަޑައިެގންފި އެވެ..
ރައީސް އޮފީހުން ބުނީ ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަޞްޠީނާމެދު ގެންގުޅުއްވާ ހާއްސަ ކަމާއި، ފަލަސްތީނުގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްޕުޅަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ހަަމަ އެހެންމެ އދ. ގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ފަަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ރައީސް މުއިއްޒު ބައްދަލުކުރައްވާ އިރު ރައީސް ވަނީ ފަަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައިވުމަކީ ވެސް ވަފުދު ހޯލުން ނުކުމެވަޑައިގަތް ސަބަބެއް ކަަމަށް ރައީސް އޮފީހުން ބުނެއެވެ،
އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްގީނަށް ދިނުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.