ޚަބަރު ސަރުކާރު

ހޮޓެލް ސްކޫލެއް ހިންގަން ސްވިސް ހޮޓެލް ސްކޫލާ މަޝްވަރާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހިދުމަތް ދިނުމަށް ރިސޯޓުގެ މުވައްޒަފެއް ތައްޔާރުވަނީ / ފޮޓޯ:އައިލެންޑް ހައިޑްއަވޭ

ދިވެހިރާއްޖޭގައި ހޮޓެލް ސްކޫލެއް ތަރައްގީ ކުރުމަށް މިފަހުން ސްވިޒަލޭންޑްގެ ހޮޓެލް ސްކޫލަކާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ފައިސަލް ވިދާޅުވީ ރާއްޖޭގައި ހޮޓެލް ސްކޫލެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެއް ކަމަށެވެ.

"ދާދިފަހުން ވާނީ ސްވިޒަލޭންޑްގެ ހޮޓެލް ސްކޫލަކާ އެކީގައި ވެސް މަޝްވަރާ ކުރެވިފައި. އެތަން ޑިވެލޮޕް ކުރުމުގެ މަސައްކަތް ރައީސް ބޭނުންފުޅު ވަނީ ވަކި ރަށެއްގައި އެ ހޮޓެލް ސްކޫލް ޓޫރިޒަމް ވެސް އެތަނުގައި ކުރިއަށްދާ ގޮތަށް އެކަން ކުރަން،" ފައިސަލް ވިދާޅުވި އެވެ.

ކަމާ ގުޅުންހުރި މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެެވެ. އެކަން ހާސިލު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތްކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ގޮތުގައި ތިބޭ ދިވެހިންގެ އަދަދު އިތުރުވުމަކީ އެދޭ ކަމެއް ކަމަށެވެ. އަދި އާމްދަނީ ގިނައިން ލިބޭ މަގާމުތަކުގައި ދިވެހިން ތިބޭ ދުވަހެއް ދެކެން ބޭނުންވާ ކަަމަށެވެ.

"އޭރުން ރިސޯޓުތަކުގައި މަސައްކަތްކުރާ ބޭފުޅުންގެ ވަޒީފާގެ ޔަގީންކަމާ އަދި އެބޭފުޅުންގެ ހައްގުތައް ކަށަވަރު ކުރެވޭނީ ވެސް. ދިވެހިންނަށް އެންމެ ބޮޑު ލޯތްބެއް ދިވެހީންގެ އޮންނާނީ،" ފައިސަލް ވިދާޅުވި އެވެ.

ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، ބޭނުންވާ ކުރިއެރުންތައް ހޯދައިދިނުމުގައި މި ސަރުކާރުން މަސައްކަތް ކުރާނެކަން ވެސް ފައިސަލް ފާހަގަކުރެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!