ޚަބަރު

މަޑިދަށުން ހަތަރު ލައްކަ ރ. ނެގި ކަމަށް ބުނާ ބިދޭސީ މީހާގެ ދިވެހި ދެ އަނބިން ތިބޭ!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާއަކީ ދިވެހި ދެ އަންހެނުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ކަން އެނގިއްޖެ އެވެ.

Ads by Sosun Fihaara

މި ކަން އެނގުނީ، އޭނާގެ ބަންދު މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު ކޯޓު އަމުރުންނެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެއިން އެއް އަނތްބަށް ތިން ދަރިން ވެސް ތިބެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ބަންދުގައި ހުރި ޖަހަންގިރް އާލަމް، 45، އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ މީހެއް ކަމަށް، އޭނާ ދަންނަ ބައެއް މީހުން ކިޔައިދީފައިވެ އެވެ.

އޭނާގެ ދިފާއުގައި ކޯޓުގައި ވެސް ބުނެފައިވާ ވާހަކައަކީ، މިއީ ވިޔަފާރިއެއްގެ މައްސަލައެއްގައި އޭނާ 'ފްރޭމް'ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ބަންދުގެ މަޖިލީހުގައި ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ސައިކަލްގެ މަޑިދަށުން 442،750ރ. ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އޭނާއާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ ޝޮޓްތަކާއި، ފައިސާގެ ވެރިފަރާތުގެ ބަޔާނެއް ވެސް ހިމެނެ އެވެ.

Ads by HDC