ޚަބަރު

ކޮވިޑް-19: 67 ދިވެހިންނާއެކު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވީ 93 މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހެލްތު ޕްރޮޓެކްޝަން އޭޖަންސީ (އެޗްޕީއޭ) ގެ ސާވެލަންސް ޑޭޓާ އިން ދައްކާ ގޮތުގައި މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 93 މީހުންނެވެ.

Ads by Sosun Fihaara

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 67 ދިވެހިންނާއި 26 ބިދޭސީންނެވެ.
ްިއިއްޔެގެ އިރުއޮއްސި 18:00 އިން މިއަދުގެ އިރުއޮއްސި 18:00 އަށް 93 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 8،834 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 6،288 މީހުންނެވެ. އަދި މިއަދު ނިޔާވި ދެމީހުންނާއެކު މިބަލީގައި މިހާރު ނިޔާވެފައިވަނީ 31 މީހުންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 1،034 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 127 މީހެކެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކެއް ގާއިމް ކޮށްފައެވެ. އޭގެ ތެރޭގައި ބަލި ފެތުރިފައިވާ ރަށްތަކުގެ މީހުން ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނޫނީ ނުނިކުތުމަށާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިޔުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މާލެ ސަރަޙައްދުގައި ރޭގަނޑު 20:00 ން ފެށިގެން އަނެއްދުވަހުގެ ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނަލެވެ. އަދި ރޭގަނޑު 21:30 ގައި ވިޔަފާރިކުރާ ތަންތަން ބަންދުކުރަން އަންގާފައިވާއިރު 22:00 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް ބޭރުގައި އުޅުން ވެސް މަނަލެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!