ދިއްފުށި އެކި ދިމާއިން ގިރާތީ މަޝްވަރާކޮށްފި

ކ. ދިއްފުށި އެކި ސަރަހައްދުތަކުން ގޮނޑުދޮށް ގިރަން ފަށާފައިވާތީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އެ ރަށު ކައުންސިލުން މަޝްވަރާކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށެވެ.
މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުއާއި ޑެޕިއުޓީ މިނިސްޓަރު އަލީ ސަލީމް އަދި ޑެޕިއުޓީ މިނިސްޓަރު ޔޫސުފް ސިދުގީ, މިނިސްޓްރީގެ ސީނިއާ އޮފިޝަލުންނާއި ޓެކްނިކަލް މުވައްޒަފުން ބައިވެރިވި އެވެ.