Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ގާއިމުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ގާއިމުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ގާއިމުކުރުމަށް އަމާޒުކޮށް މޯލްޑިވްސް ޕޮލިޓެކްނިކާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ އިދާރާގެ ސިއީއޯ ޒޫޝާން ކަމާލުއްދީން އެވެ. އަދި ބީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ޗީފް ސްޓްރެޓެޖިކް އޮފިސަރު, މަރްޔަމް ނަޝާ އެވެ. ސަރުކާރުން ހިންގަމުންދާ "ސަރުކާރު" ނޫހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ "އާޓްސް އެންޑް ކަލްޗާ ސެންޓަރު"ގެ ނަމުގައި ގާއިމުކުރާ އެ ސެންޓަރުން ރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމާއި އުފެންދުންތެރި ވިޔަފާރިވެރިންނަށް ފުރުސަތުތަށް ފަހިކޮށްދިނުމާއި ޒުވާނުން ސަގާފީ ކަންކަމަށް ހޭލުންތެރިކުރުވާނެ ކަމަށެވެ. ބީސީސީއާއި ޕޮލިޓެކްނިކް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އެ މަރުކަޒާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވައި ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން މި މަރުކަޒުގައި ތަފާތު އެތަށް ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހަޔާ އެޑިކޭޝަން މިނިސްޓްރީން ބުނެ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިވެހި ބަހާއި އަދަބިއްޔަތާއި ތާރީހާއި ސަގާފަތާއި ތަރިކައާއި ބެހޭ ދާއިރާ ދިރުވައި އާލާކުރުމުގެ އިތުރުން އެ ދާއިރާތަކުން އިގްތިސޯދީ ނަފާ ހޯދުމަށް މަސައްކަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެ އެއްބަސްވުމަކީ އެ މަސައްކަތް ތަންފީޒުކުރުމަށް އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް