Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ޗައިނާ އާއެކު މަސްލަހަތު އޮތް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރާނަން: ރައީސް

ޗައިނާ އާއެކު މަސްލަހަތު އޮތް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރާނަން: ރައީސް

ޗައިނާގެ ސިޔާސަތަށް ކުރާ ތާއީދާއި ހުރިހާ ދާއިރާތަކުން އެ ގައުމާ އެކު ދިވެހިރާއްޖެއިން ބާއްވަމުން އަންނަ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް ވިދާޅުވަމުން އަންނަ ވިދާޅުވުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވައިފި އެވެ.

ރައީސް، އެކަން ތަކުރާރު ކުރެއްވީ ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގްއަށާއި ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާގެ ބޮޑުވަޒީރު ލީ ޗާންގްއަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ސިޓީފުޅުގަ އެވެ.

ޗައިނާގެ ރައީސް ޝީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުއިއްޒު ވަނީ، "ވަން-ޗައިނާ ޕޮލިސީ" އަދި ދެ ގައުމު ހިއްސާކުރާ ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމާއި އިސްތިގުލާލީ ހަމަހަމަކަމާއި ސަރަހައްދީ ނަޒާހާތްތެރިކަން ނުވަތަ ބޭރުގެ ފަރާތަކުން އަތުވެދާނެ އުދުވާނަކުން ދިފާއުވުމަށް ލިބިދީފައި އޮތް ހައްގުގެ އިތުރުން ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރު ކުރައްވާފަ އެވެ.

Advertisement
Allied Insurance — Square (box)

އަދި ރާއްޖެ އާއި ޗައިނާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން ދާނެ ކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކުރެއްވި އެވެ. އަދި މި ކުރިއެރުންތަކުގެ ސަބަބުން ދެ ގައުމަށް ފައިދާކުރަނިވި ހެޔޮ ބަދަލުތަކެއް ލިބެމުން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

https://twitter.com/MMuizzu/status/1840965761504067624

ބޮޑުވަޒީރު ލީ ޗާންގްއަށް ފޮނުއްވި ސިޓީފުޅުގައި ރާއްޖެ އާއި ޗައިނާގެ މަސްލަހަތު އޮތް ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ވެފައިވާ ވައުދު ރައީސް ވަނީ ތަކުރާރު ކުރައްވާފަ އެވެ. ދެ ގައުމުގެ މެދުގައި މިހާރު ވެސް އޮތް ގާތްގުޅުން އިތުރަށް ބަދަހިކޮށް އަދި އެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުގެ މުނާސަބަތުގަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް