Wednesday, 11 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސީ ޕްލޭންގެ ޚިދުމަތް ފުޅާ ކުރަން އައު ކުންފުންޏެއް އުފައްދަނީ

ސީ ޕްލޭންގެ ޚިދުމަތް ފުޅާ ކުރަން އައު ކުންފުންޏެއް އުފައްދަނީ

ސީ ޕްލޭންގެ ޚިދުމަތް ފުޅާ ކުރަން އައު ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ޚިދުމަތެކެވެ. ރިސޯޓްތަކަށް ފަތުރުވެރިން ގޮވައިގެން ގިނަ ދަތުރުތަކެއް ކޮންމެ ދުވަހަކު ވެސް ކުރެއެވެ. ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން ފްލީޓަކީ ރާއްޖޭގެ ޕްރައިވެޓް ކުންފުންޏެއްގެ ފްލީޓެއްކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ރައީސް އޮފީހުން ބުނެފައިވަނީ, އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް އާއެކު) ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމްކޮށް، މި ޕާޓްނަރޝިޕްގެ ދަށުން ސީޕްލޭން ޚިދުމަތް ދިނުމަށްޓަކައި، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެެވެ.

Advertisement
Allied — Dhen Online (box)

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެގޮތުން ނިންމަވާފައި ވަނީ އައި.އޭ.އެސް.އެލް ގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން 2025 އެޕްރީލް 30 އަށް ނިންމެވުމަށާއި އަދި މި ކުންފުނި އުފެއްދެވުމަށްޓަކައި ނިންމަވަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.