ޓީއެމްއޭގެ ސީޕްލޭންގެ ކަނދެއް ހަލާކުވެ އަޑިއަށްދަނީ

ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)ގެ ސީޕްލޭންގެ ކަނދެއް ހަލާކުވެ ބޯޓު އަރިއަޅާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން ބުނީ އެކަން ހިނގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓާ އެއިރޯޑްރޯމް ސަރަޙައްދުގައ،ި ޓީއެމްއޭއިން ދުއްވި ބޯޓެއް ޓެކްސީ ކުރުމުގެ ތެރޭގައި ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ބޯޓުގަިއ ތިބި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ބޯޓުން ނެރެފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އެ ހާދިސާ ހިނގުމާ އެކު އެމްއޭސީއެލް އެއާޕޯޓް އެމަޖެންސީ ސާވިސަސް އިން އެ ސަރަޙައްދުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ބުންޏެވެ.
މިފަދަ ހާލަތްތަކުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކޮށް އެމްއޭސީއެލްއިން ބުނީ އެއާޓެކްސީގެ ހިދުމަތްތައް މެދުނުކެނޑި ލިބެމުންދާނެ ކަމަށެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.