ޚަބަރު

އެސްއޯއީތަކުން އަހަރީ ޖަލްސާ ބާއްވާއިރު ޕީސީބީއާއި ފިނޭންސްގެ ބޭފުޅުން ހިމަނަން އިލްތިމާސްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕީސީބީ: ސަރުކާރު ކުންފުނިތަކަށް ހަރަދު ކުޑަކުރަން ވަނީ އަންގާފައި / ފޮޓޯ:ދެން އިމޭޖްސް

ދައުލަތުގެ ކުންފުނިތައް (އެސްއޯއީ)ތަކުން އަހަރީ އާންމު ޖަލްސާ ބާއްވާއިރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު(ޕީސީބީ) އަދި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ހިމަނަން އަންގައިފި އެވެ.

Ads by Hajj Corporation

ޕީސީބީން މިއަދު ނެރުނު ބަޔާނުގައި ބުނީ "ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސް ފޯ ސްޓޭޓް އޯންޑް އެންޓްޕްރައިިޒަސަސް"ގެ އާޓިކަލް 18ގެ ދެވަނަ ނަމްބަރުގައި، ކުންފުނިތަކުން އަހަރީ އާއްމު ޖަލްސާ ބާއްވަން ވާނީ ޕީސީބީ ބޯޑުގެ އޮފިޝަލުންނާއި، ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ޝާމިލުކޮށްގެން ކަމަށް ބުނެފައި އޮތް ނަމަވެސް ސަރުކާރު ކުންފުނިތަކުން އަމަލު ކުރައްވަމުން ގެންދާކަން އެ ކޯޑާ ހިލާފަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އަހަރީ އާންމު ޖަލްސާއާއި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް އިންތިޒާމް ކުރުމުގައި "ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސް ފޯ ސްޓޭޓް އޯންޑް އެންޓްޕްރައިިޒަސަސް"އާ އެއްގޮތަށް ޕީސީބީގެ އޮފިޝަލުންނާއި ފިނޭންސްގެ އޮފިޝަލު ހިމެނޭހެން ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި އެ ޖަލްސާތައް ބޭއްވުމުގެ ކުރިން، ކުންފުނިތަކާއި ހިއްސާ ކުރެވިފައިވާ އޮންލައިން ޗެކްލިސްޓް ފޯމް ފުރިހަމަަ ކުރުމަށްވެސް އަންގާފައިވެ އެވެ. ފޯމްގެ ލިންކު ކުންފުނީގެ ސެކެޓްރީންނާއި ހިއްސާ ކުރެވިފައިވާނެ އެވެ" ޕީސީބީގެ ބަޔާނުގައި ބުނެފައިވެ އެވެ.

Ads by HDC