Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ އަމާޒަކަށް ވާންވީ ގައުމުގެ ހައްގުގައި ވަކާލާތު ކުރުން: ރައީސް

ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ އަމާޒަކަށް ވާންވީ ގައުމުގެ ހައްގުގައި ވަކާލާތު ކުރުން: ރައީސް

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވީ ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހަކީ ގައުމު ބިނާކުރުމާއި ޑިމޮކްރެސީ ހަރުދަނާ ކުރުމާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރުމާ އަދި މި ސިނާއަތުގެ ތަރައްގީއަށް މަގުފަހިކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި، "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބްރޯޑްކާސްޓްކުރުމަކީ އަމާނާތެއް ކަމަށާއި މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން މައިގަނޑު އަމާޒަކަށްވާން ވާނީ ރާއްޖެ އާއި ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމަށެވެ.

Advertisement
HDC — Sidebar (box)

މި އަހަރުގެ ބްރޯޑްކާސްޓް ދުވަހުގެ ޝިއާރަކީ "މާދަމާގެ ތަސައްވުރު: ބްރޯޑްކާސްޓިންގެ މުސްތަގުބަލު ބައްޓަންކުރުން" އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް