Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވާނެ، ދަތުރުކުރާއިރު ސަމާލުވޭ

ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވާނެ، ދަތުރުކުރާއިރު ސަމާލުވޭ
ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުކުރާއިރު ސަމާލުވުމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން އިލްތިމާސްކޮށްފި އެވެ. މެޓް އޮފީހުން މިއަދު ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދުރާއްޖެ ސަރަހައްދަށް އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ ސަރަހައްދުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
"ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ދިޔަވަރުބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ،" މެޓު އޮފީހުން ބުނެފައިވެ އެވެ.
ގަދަވަޔާ އެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން، ދަތުރަށް ފެށުމުގެ ކުރިން އެންމެފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވަނީ އެދިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް