ކުޑަކުއްޖަކާ ބެހިގެން 17 އަހަރަށް ޖަލަށްލި ޤުރުއާން ޓީޗަރު ހައިކޯޓުން ދޫކޮށްލައިފި
ކުޑަކުއްޖަކާ ބެހިގެން 17 އަހަރަށް ޖަލަށްލި ޤުރުއާން ޓީޗަރު ހައިކޯޓުން ސަލާމަތްވެއްޖެ އެވެ.
އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު, ކުޑަކުއްޖަކު ޖިންސީ އަމަލެއް ހިންގި މައްސަލާގައި ޖޫން 19, 2022 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ 17 އަހަރަށް ޖަލަށްލުމަށެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ.
އެ ކުޑަކުއްޖާއަކީ އަތޮޅު ތެރޭގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ ޓީޗަރެކެވެ. އެ ކުއްޖާގެ އިސްލާމް ޓީޗަރުގެ އިތުރުން ޤުރުއާން ކްލާހުގައި ކިޔަވައިދޭ ޤުރުއާން ޓީޗަރެއްވެސް ބެހޭ ކަމަށް ބޮޑު ބޭބެއަށް ކިޔައިދިން ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އެ މައްސަލަ ޖޫން 4, 2020 ގައި ފުލުހަށް ހުށަހެޅުނުއިރު ޤުރުއާން ޓީޗަރު ބެހުނު ކަމަށް ބުނަނީ 2014 ނުވަތަ 2015 ގަ އެވެ.
ޤުރުއާން ޓީޗަރު އެ ކުއްޖާއާ ބެހި, އެ ކުއްޖާ ފޮޓޯ ނަގާ ބިރު ދެއްކާ ވާހަކަ އިސްލާމް ޓީޗަރަށް ކިޔައިދިނުމުން އެ ކަން ނުކުރުމަށް ކުއްޖާގެ ހާޒިރުގައި ޤުރުއާން ޓީޗަރަށް ގުޅާ އިސްލާމް ޓީޗަރު އެންގި ކަމަށް ކުއްޖާ ކިޔައިދީފައިވެ އެވެ.
ައަދި އެ ވާހަކަތައް ރަށު ތެރޭގައި ދައްކާ ފަލީހަތްކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އެ ކުއްޖާއާ އިސްލާމް ޓީޗަރުބެހެން ފެށި ކަމަށް ކުއްޖާ ކިޔައިދިނެވެ. އެހެންކަމުން އެ ދެމީހުންނަށް ދައުވާކުރުމަށް ޕީޖީއަށް ހުށަހެޅި އެވެ.
އެ މައްސަލާގައި އިސްލާމް ޓީޗަރުގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް ޤުރުއާން ޓީޗަރުގެ 17 އަހަރަށް ޖަލަށް ހުކުމްކުރި އެވެ.
އެ މައްސަލާގައި ޤުރުއާން ޓީޗަރުގެ ފަރާތުން އިސްތިއުނާފީ 7 ނުކުތާއެެއް ހުށަހެޅި އެވެ. އެގޮތުން މެޑިކޯ ލީގަލް ރިޕޯޓުން އެއްވެސް މިންވަރެއްގެ އަނިޔާއެއް ލިނިފައިވާ ކަން އެނގެން ނެތް ކަމަށާއި މޯބައިލް ފޮރެންސިކް ރިޕޯޓުން އެފަދަ އެއްވެސް ނިޝާނެއް ފާހަގަވެގެން އެކަން ހިމަނާފައިނުވާ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން އެ މައްސަލައިގެ ފޮޓޯއެއް އަދި ވީޑިއޯއެއްވެސް ނެތް ކަމަށާއި ކުއްޖާއަށް ދިމާވެފައިވާ ހާދިސާގެ ވާހަކަ ދައްކާފައިވަނީ 5 ވަރަކަށް އަހަރު ފަހުން ކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެ އެވެ.
އިސްތިއުނާފުގެ ނުކުތާތަކަށް ބަލާ ދެ ފަރާތުން ބަހުސްކުރެވި އެ މައްސަލާގައި ރިޔާސަތު ބެއްލެވި ފަނޑިޔާރު, މުހައްމަދު ނިޔާޒު ނިންމެވީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރުމަށެވެ. އަދި ފަނޑިޔާރު ނިޔާޒުގެ ރައުޔަށް ފަނޑިޔާރު ހުސައިން ޝަހީދު ތާއީދުކުރެއްވި އެވެ. އެހެންނަމަވެސް ފަނޑިޔާރު ހަސަން ޝަފީއު ތާއީދު ކުރެއްވީ އޭގެ ތެރެއިން އެއް ބަޔަށް ކަމަށްވާއިރު އެ ފަނޑިޔާރު ބުރަވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ.
އުތުރުގެރަށެއްގަ އިސްލާން ސޯއަކުވެސް މީހެއްގެ އަންތބެއް އެކަނި އިންނަ ގެއަކުން، ދަންވަރު ވަދެ ފަތިސްވަންދެކަށް އުޅެފަ ނުކުތްތަން ފެނިގެން އެބައުޅޭ.