Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސްޓެލްކޯއިން ބުނީ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮޮށްދޭން އޮތީ ތައްޔާރަށް ކަމަށް

ސްޓެލްކޯއިން ބުނީ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮޮށްދޭން އޮތީ ތައްޔާރަށް ކަމަށް

އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި އޮންނަ މަސްފެންގަނޑު މަރާމާތުކޮޮށްދޭން އޮތީ ތައްޔާރަށް ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން އިއުލާންކުރި އެވެ.

ނަމަވެސް މި ވަގުތު އެ ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާ ކަމަށް ބުނެ މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލުކޮށްފަ އެވެ.

Advertisement
Ooredoo — Truecaller (box)

އޭގެ ފަހުން މިއަދު އިސްލާމިކް މިނިސްޓްރީން 'އެކްސް' ގައި ބުނީ އެ ފެންގަނޑު ސްޓެލްކޯގެ އެހީގައި މަރާމާތުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސްޓެލްކޯގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އޭގެ ފަހުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ 'އެކްސް'ގައި ވިދާޅުވީ ސަގާފީ އަދި ދީނީ ތަރިކައެއް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް މަސައްކަތް ކޮށްދިނުމަކީ ފަހުރެއް ކަމަށެވެ.

އެހެންކަމުން އެތަނުގެ ރީތިކަން ދެމެހެއްޓުމަށް އެތަން މަރާމާތުކުމަށް އިސްލާމިކް މިނިސްޓްރީއާއެކު ގުޅިގެން މަސައްކަތް ކުރަން އޮތީ ތައްޔާރަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް