Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ދިލްބަހާރު މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ. ދިލްބަހާރު މަގުގައި ހުންނަ ފިހާރައެއްގައި ހުރި މީހަކަށް ހަމަލާދީފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. ފުލުހުން ބުނެފައި ވަނީ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އެ ރޭގެ 10:01 ގައި ކަމަށެވެ. ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އެ ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ. އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލު ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުން ބުނެފައި ވަނީ އެއީ ދިވެހި ފިރިހެނެއް ކަމަށެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު އުމުރުން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މއ. މަސްފަން، މުނީޒް ކަމަށެވެ.
"މި މައްސަލަ އާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އޮކްޓޫބަރު ހަތް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް