އެމްބަސީ ކައިރިއަށް އެއްވި މައްސަލާގައި ސާދިޔާ ބަންދުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ދެކޮޅަށް ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީ މުޒާހަރާކޮށް، ސަފީރުންނަށް އުދަނގޫކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މ. ބަޑިކުޅިމާގެ، އައިޝަތު ޝާދިޔާ (47އ) ބަންދުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި މިއަދު ކަނޑައަޅައިފި އެވެ.
ހައިކޯޓުން އެގޮތަށް ކަނޑައެޅީ ސާދިޔާގެ ފަރާތުން ހުށަހެޅި ކޯޓު އަމުރުގެ އިސްތިއުފާ މައްސަލަ ބެލުމަށްފަހު އެވެ.
އެގޮތަށް ކަނޑައަޅާ, ހުކުމްކޮށްފައިވަނީ އެ މައްސަލާގައި ރިޔާސަތު ބައްލެވި ފަނޑިޔާރު, ހުޒައިފާ މުހައްމަދާއި ފަނޑިޔާރު, ހަސަން ޝަފީއު އަދި ފަނޑިޔާރު, އަބްދުލް މާނިއު ހުސައިންގެ އިއްތިފާގުންނެވެ.
އެ ހުކުމުގައި ބުނެފައިވަނީ ސާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނި ނަމަވެސް އެގޮތަށް ނިންމި ނިންމުން ސާފު ނުވާ ކަމަށެވެ.
އެ މައްސަލާގައި މިދިޔަ އޮގަސްޓް 28 ވަނަ ދުވަހު ސާދިޔާގެ އިތުރުން ގދ. ރަތަފަންދޫ، ލިލީގެ ޑރ ޝަޒްރާ އިބްރާހިމް (36އ) ވެސް ހައްޔަރުކުރި އެވެ.
ތިން ދުވަހަށް ފުރަތަމަ ދިން ބަންދުގެ މުއްދަތު ހަމަވެގެން ފަސް ދުވަހުގެ މުއްދަތު ޖެހި އެވެ. ދެވަނަ ފަހަރު ޖެހި މުއްދަތު ހަމަވުމުން އެ ދެ މީހުންވެސް ދޫކޮށްލީ ޝަރުތުތަކާއެކު އެވެ.