Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ހައިވޭގައި ކުޑަކުއްޖަކަށް ކޮންޓްރޯލްދީގެން ސައިކަލް ދުއްވި މައްސަލަ ބަލަނީ

ހައިވޭގައި ކުޑަކުއްޖަކަށް ކޮންޓްރޯލްދީގެން ސައިކަލް ދުއްވި މައްސަލަ ބަލަނީ

މާލެ ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ކުޑަކުއްޖަކަށް ކޮންޓްރޯލްދީގެން ސައިކަލް ދުއްވި މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ހައިވޭގައި ދުއްވަމުންދިޔަ ކަޅުކުލައިގެ ސައިކަލެއްގެ ހުންގާނުގައި ކުޑަ ފިރެހެން ކުއްޖަކު ދެ އަތުން ހިފަހައްޓާލައިގެން އިންނަ މަންޒަރެވެ. ސަލާމަތަށް ބެލްޓެއް އަޅުވާފައި އިން އެ ކުއްޖާ އާއެކު އިން ފިރެހެން މީހާގެ ކަނާތް އަމިއްލަ ފައިގެ މަތީގައި ބާއްވާލައިގެން ހަމަޖެހިގެން އިންއިރު، ހުންގާނުގައި ހިފައިގެން އިނީ އޭނާގެ ވައަތުންނެވެ. ވަކި ހިސާބަކަށް ދެވެމުން ކަނާތުން ސައިކަލުގެ ހުންގާނުގައި ހިފާތަން ވެސް ފެނެ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހައިވޭގައި ދުއްވި ސައިކަލެއްގެ ކޮންްޓްރޯލް ކުޑަކުއްޖަކަށް ދީގެން ދުއްވި މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަން ފުލުހުންގެ ސަމާލު ކަމަށް އައިސްފައި ވަނީ ސޯޝަލް މީޑިއާއިން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް