ޚަބަރު ޝަރުޢީ ދާއިރާ

ހަށިގަނޑުގައި ފޮރުވައިގެން ޑްރަގު އުފުލި މީހާގެ ބަންދަށް 30 ދުވަސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަންގޮސް ހުއްޓާ ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް އިތުރުކޮށްފި އެވެ.

Ads by STELCO

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ށ. ނޫމަރާ، ހަވީރީގެ، އަބްދުﷲ ފަޞީހް (24އ) އެވެެ. މި މަހުގެ ހަތް ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ފަސް ދުވަހުގެ މުއްދަތެއް ޖެހި އެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ، އެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އޭނާގެ ގައިގައި މަސްތުވާތަކެތި ހަރުކޮށްގެން ޑޮމެސްޓިކް އެއާޕޯޓުން ފުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކުރި މައުލޫމާތަށް ބަލާއިރު، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 340 ގްރާމް ހުއްޓެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ކަމަށް އަމުރުގައި ބުނެފައި ވަނީ އެއް ރަށުން އަނެއް ރަށަށް މަސްތުވާތަކެތި ގެންދަން މަސައްކަތް ކުރުމާއި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިމެނޭތީ އެއީ ޖިނާއީ ބޮޑު މައްސަލައަކަށް ވާތީ ކަމަށެވެ.

އޭގެ އިތުރުން މި މައްސަލައަކީ އިންތިޒާމުވެގެން ރޭވިގެން ގިނަ ބަޔަކު ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ކޯޓުގައި އޭނާގެ ވަކީލު ވަނީ ތަހުގީގު އަވަސް ކޮށްދިނުމަށް އެދިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!