ވީއައިއޭގެ ކުރީގެ ރަންވޭ މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ ރަންވޭ (ވީއައިއޭ)ގެ ކުރީގެ ރަންވޭ މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2027 ވަނަ އަހަރަށް ނިންމާ ގޮތަށެވެ.
ކުރީގެ ރަންވޭ މިހާރު ބޭނުން ކުރަމުން ދަނީ ޓެކްސީވޭއެއްގެ ގޮތުގަ އެވެ.
އަދި މިހާރު ރަންވޭގެ ގޮތުގައި ބޭނުންކުރަނީ 2022 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އާ ރަންވޭ ސަރަހައްދެވެ.
ބީޔޫސީޖީއާ މިއަދު ހަވާލުކުރި މަޝްރޫއުގެ ދަށުން ޓެކްސީވޭ ޒަމާނީ ފެންވަރަށް ހަދަން ވަނީ ނިންމައިފަ އެވެ.
ޓެކްސީވޭ މަރާމާތުކުރަން ހަވާލުކުރި އިރު އެއާޕޯޓުގެ އާ ޓާމިނަލް ޑިސެމްބަރަށް ނިންމަން މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.