Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

އިމިގްރޭޝަން ވޮޗްއަށް މިހާތަނަށް 840 ކޭސް، ގިނައީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަ

އިމިގްރޭޝަން ވޮޗްއަށް މިހާތަނަށް 840 ކޭސް، ގިނައީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަ
އިމިގްރޭޝަން ވޮޗްއަށް މިހާތަނަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ މައްސަލަތައް ކަަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވުމާ ގުޅިގެން އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ހާއްސަކޮށް އިމިގްރޭޝަނުން، އިމިގްރޭޝަން ވޮޗް އިފުތިތާހުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. އިމިގްރޭޝަން ވޮޗް އިފުތިތާހުކުރި ފަހުން މިހާތަނަށް ޖުމްލަ 840 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އިމިގްރޭޝަން ވޮޗްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބެއް އާންމުކޮށްފަ އެވެ. އިއްޔެ އާ ހަމައަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 596 މައްސަލައެއް އިމިގްރޭޝަނުން ވަނީ ބަލާފަ އެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 71 އިންސައްތަ އެވެ. މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 174 މައްސަލައިގެ އަސްލު ދެނެގަނެވިފައި ނުވާއިރު، 70 މައްސަލައެއް ޔަގީންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 596 މައްސަލައަކީ އެކި ކުށްތަކާ ގުޅިގެން ރިޕޯޓު ކޮށްފައިވާ މައްސަލަތަކެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 221 މައްސަލަ ހުށަހެޅިފައިވެ އެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 34 އިންސައްތަ އެވެ. ވޯކް ވިސާ އާ ގުޅުންހުރި 206 މައްސަލައެއް ހުށަހެޅުނުއިރު، ހަށިވިއްކުމާ ގުޅުންހުރި 50 މައްސަލައެއް ރިޕޯޓުކުރި އެވެ.

އިމިގްރޭޝަން ވޮޗްއަށް ހުށަހެޅިފައިވާ ކުށުގެ ބާވަތްތައް:

  • ބްލެކްމާކެޓްގައި ބޭރު ފައިސާ މާރުކުރުން: 7
  • ޓޫރިސްޓް ވިސާ އާ ހިލާފުވުން: 10
  • އެމްޕްލޯޔަ ސްޕޮންސާ އާ ހިލާފުވުން: 9
  • ލިޔެކިޔުން އޮޅުވާލުން: 2
  • ޑްރަގް ޓްރެފިކް ކުރުން: 9
  • ހިއުމަން ޓްރެފިކް ކުރުން: 7
  • މިސިން ޕާސަން އިންފޮމޭޝަން: 32
  • ބޯޑާ އިންޓެލިޖެންސް: 3
  • އެހެނިހެން މައްސަލަ: 40
އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށް ރިޕޯޓު ކުރެވޭ ގޮތަށް ތައާރަފުކުރި އިމިގްރޭޝަން ވޮޗަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އާއި ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ވެސް ހިއްސާކުރެވޭނެ އެވެ. އިމިގްރޭޝަން ވޮޗްގެ އެހީގައި 24 ގަޑިއިރު ރިޕޯޓު ކުރުމުގެ ފުރުސަތު ލިބިދެ އެވެ. ލިބޭ މައުލޫމާތުގެ އަލީގައި އިމިގްރޭޝަނުން ގެންދަނީ ރެއިޑްތައް ފުޅާކޮށް، އިތުރު ކުރަމުންނެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް މާލެ އާއި ހުޅުމާލޭގައި ހިންގާ ރެއިޑްތަކުގެ އިތުރުން މާސް ދެ އިންސްޕެކްޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިހާތަނަށް އެގޮތަށް އުޅެމުން އައި 4،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ފޮނުވާލާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް